"އިންވެސްޓަރުންނަށް ހުރަސް އެޅަން ރައީސް މައުމޫނު މަސައްކަތް ކުރައްވާ"

ބޭރުގެ އިންވެސްޓަރުންނަށް ހުރަސް އަޅެޅުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު މަސައްކަތް ކުރައްވާކަމަށް ވިދާޅުވެ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ރައީސް މައުމު އަބްދުލްޤައްޔޫމާއި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ފ އަތޮޅު ސައުދީ ރަސްގެ ފާނަށް ވިއްކާލުމަށް ކުރަމުން ގެންދާ މަސައްކަތާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތް ވަރުގަދަ ވެފައި ވަނިކޮށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިންވެސްޓަރުންނަށް ހުރަސް އެޅުމަށް ކުރީގެ ރައީސް މައުމޫނާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ. އަދި އެ މަސައްކަތަކީ އިގްތިސާދަށް ގެއްލުން ދިނުން ކަމަށްވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.
ވިޔަފާރި ވެރިންގެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މައުމޫނުވެސް ހިމެނި ވަޑައިގެން އިގްތިސާދު ހަލާކުކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތައް ކުށްވެރި ކުރާކަމަށާއި އަދި އެމަސައްކަތަކީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމުގައެވެ. އަދި އެ މަސައްކަތުގެ ސަބަބުން ދިވެހި ވިޔަފާރިތަކާއި އިގްތިސާދަށް އަދި އާންމު ރައްޔިތުންނަށް އިއާދަ ނުކުރެވޭނެ ގެއްލުމާއި ކުރިމތިވާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަދި އިދިކޮޅު ފަރާތްތަކުގެ މަސައްކަތުގެ ސަބަބުން އިންވެސްޓަރުން ހޯޑުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށާއި އެ ކަންކަމުގެ އަސަރު ކުރާނީ ހަމައެކަނި ސަރުކާރަށް ނޫންކަމަށާއި އެކަމުގެ ގެއްލުން ރައްޔިތުންނަށްވެސް ކުރިމަތިވާނެކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ