އަތޮޅު މަދަރުސާއިން ހިތަދޫ ސްކޫލް ކޮޅަށް 10 ލަނޑު ޖަހައިފި

އައްޑޫ ސިޓި ހިތަދޫގައި ކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރާގައި ހިތަދޫ ސްކޫލާއި ސ. އަތޮޅު މަދަރުސާ މިއަދު ކުޅުނު މެޗު 10-1 ލަނޑުން އަތޮޅު މަދަރުސާ މެޗު ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އަތޮޅު މަދަރުސާގެ ޖާޒީ ނަމްބަރ 11 އިބްރާހީމް ލީވާން ވަނީ 4 ލަނޑު ޖަހައިފައެވެ. އަދި އެޓީމްގެ ޖާޒީ ނަމްބަރ 6 މުހައްމަދު އައިޝަމް ޝަރީފްވަނީ 3 ލަނޑު ޖަހައިފައެވެ. އެޓީމްގެ އަނެއް 3 ލަނޑު ޖަހައިދީފައިވަނީ ޖާޒީ ނަމްބަރ 12 އަލްސަންއާއި، ޖާޒީ ނަމްބަރ 18 އިބްރާހީމް ޒަޔާންއާއ، ޖާޒީ ނަމްބަރ 16 މުހައްމަދޔ ހަމްދާނެވެ. ހިތަދޫ ސްކޫލުގެ ހަމައެކަނި ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އެޓީމްގެ ޖާޒީ ނަމްބަރ 17 އަލީ ޝިމާއު ޒުބައިރެވެ.
މިމުބާރާތުގެ ކުޅުން މާދަމާވެސް އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ