އިދިކޮޅު އިއްތިހާދުގެ ލީޑަރާ އުމަރު ނަސީރު ބައްދަލުކުރައްވަނީ

އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައޮޓެޑް އޮޕޮޒިޝަންގެ ގެ ލީޑަރު ޑރ މުހައްމަދު ޖަމީލު އަހުމަދާއި ބައްދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރުގެ ސަޕޯޓަރުންނާއި އުމަރު ހިއްސާކުރެއްވި މެސެއްގައި އުމަރު ވިދާޅުވީ ޑރ ޖަމީލާއި ބައްދަލުކުރެއްވުމަށް ނިންމެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކަމުގައެވެ.
މި ވަގުތު އިނގިރޭސި ވިލާތުގެ ލަންޑަނުގައި ދިރިއުޅުއްވާ ޑަރ ޖަމީލާއ ބައްދަލު ކުރެއްވުމަށް އަންނަ އާދީއްތަ ދުވަހު ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ނަމަވެސް މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް އުމަރު ނުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ