ކަރަންޓު އިގްތިސާދު ނުކޮށްފިނަމަ ބިލް ބޮޑުވެދާނެ: ސްޓެލްކޯ

ކަރަންޓު އިގްތިސާދު ނުކޮށްފިނަމަ ބިލް ބޮޑުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފަ އެވެ.
Advertisement
ސްޓެލްކޯ އިން ބުނީ މިއީ ރާއްޖެއަށް ހޫނު ދުވަސްވަރެއް ކަމުން ފިނި ކުރުމަށާއި ހޫނު ކުރުމަށް ގެންގުޅޭ އާލާތްތަކަށް ހާއްސަ ސަމާލުކަމެއްދޭން ޖެހޭ ކަމަށެވެ.އެގޮތުން ކަރަންޓު އިގްތިސާދު ނުކޮށްފިނަމަ ބިލް ބޮޑުވުމުގެ ފުރުސަތު އޮންނާނެތީ އެކަމަށް ސަމާލުވުމަށް ސްޓެލްކޯއިން އެދެ އެވެ. މިއީ ހޫނު ދުވަސްވަރެއްކަމުން ގިނަ ބަޔަކު އޭސީ ވެސް ބޭނުންކުރުން އިތުރުވެފައިވާ މިދަނޑިވަޅުގައި ކަރަންޓު އިގްތިސާދު ނުކޮށްފިނަމަ ބިލް ބޮޑުވެދާނެ ކަމަށް ސްޓެލްކޯއިން މިވަނީ އަންގާފަ އެވެ. ކަރަންޓު ބިލު ބޮޑުވާތީ އެކަމުގެ ޝަކުވާ އާންމުން ދޭތެރެ ދޭތެރެއިން ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ