އާ ކޮމިޝަނަރ އޮފް ޕްރިޒަން އަކަށް މީގެ ކުރިން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސެސްގެ މަގާމުގައު ހުންނެވި އަހުމަދު މުހައްމަދުފުޅު އައްޔަން ކުރައްވައިފިއެވެ.
އަހުމަދު މުހައްމަދުފުޅު މި މަގާމަށް އައްޔަންކޮށްފައި ވަނީ މީގެ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު މުނާޒް މަގާމުން ވަކިކުރުމަށް ފަހުއެވެ. މި މަގާމުން މުނާޒް ވަކިކުރައްވާފައި ވަނީ ޖަލުގައި މިފަހަކަށް އައިސް ހަމަނުޖެހުންތައް އިތުރުވެގެން ދިއުމާއި ގުޅިގެންނާއި، އޭނާ ދައްކަވާފައި ހުރި ބައެއް ވާހަކަތަކުގެ ސަބަބުން ހޫނުފެނަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.
މުނާޒް އެމަގާމަށް އައްޔަން ކޮށްފައި ވަނީ މިސަރުކާރު ވެރިކަމަށް އައުމަށް ފަހުއެވެ.
މުނާޒް މަގާމުގައި ހުންނެވިއިރު، ކަރެކްޝަނުން ގައިދީންނަށާއި، ބަންދު މީހުންނަށް އަނިޔާ ނުކުރާ ކަމަށް ވިދާޅުވެފައިވާ ބައެއް ވާހަކަތަކަށް ރައްދު ދެއްވައި އެކަންކަން ފަޅައެރުވުމުގައި އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ސީޕީ އަށް އެދުވަސްވަރު ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައެވެ.
ރައީސް އޮފީހުން ކުރީގެ ސީޕީ މުނާޒަށް ފޮނުވި ސިޓީގައި ވަނީ، އެ މަގާމުން އެނާ ވަކިކުރެއްވި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންނެވި ކަމަށެވެ.
ރައީސް އެގޮތަށް ނިންމެވުމަށް މުނާޒްގެ މައްސަލަ ފެންމަތިވުމާއި އެކު ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ.
އާ ކޮމިޝަނަރ އޮފް ޕްރިޒަން އަކަށް އަހުމަދު މުހައްމަދުފުޅު އައްޔަން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ