ދެ އަހަރުގެ ކުއްޖާގެ މައިންބަފައިންގެ މައްޗަށް ދައުވާ އުފުލައިފި

ގއ. ކަނޑުހުޅުދޫގައި އުމުުރުން ދެއަހަރު ނުވާ ތުއްތު ކުއްޖާއަށް އެކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައިގައި ކުއްޖާގެ މަންމަ އާއި ބައްޕަގެ ދެ ދައުވާ އެއް ޕްރޮސެކުއުޓާ ޖެނެރަލް އޮފީހުން ކޮށްފިއެވެ.
ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ބެލެނިވެރިން އަޅާނުލި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާއާއި، ގާނޫނުލްއުގޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ހުރެ، އެގާނޫނުގެ 130 ވަނަ ބާބުގައި އޮތްކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމުގެ ކުށުގެ ދައުވާ ހުށަހަޅައިފައިވާ ކަމަށެވެ. 
މި މައްސަލާގައި ކުއްޖާއަށް ޖިންސީ ގޯނާކުރި އެކުއްޖާގެ ކާފަ އަދި މުނިކާފަގެ މައްޗަށް ވަނީ ދައުވާ އުފުލާ ޝަރީއަތްވެސް ފަށާފައެވެ. ނަމަވެސް ކުޑަކުއްޖަކު ހިމެނޭ މައްސަލައެއްކަމުން އެ މައްސަލަ ކުރިޔަށް ގެންދަނީ ސިއްރުންނެވެ. 
އެ ދެ މީހުންގެ މައްޗަށް ދައުލަތުގެ ފަރާތުން ކުއްޖާގެ ކާފަ އަދި މުނިކާފަގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ