މި ސަރުކާރާ ދެކޮޅު ކަމެއް އައްޑޫ ރައްޔިތުން ނުުރާނެ: ޔަސްރިފް

ކަނޑުފޭރޭ މީހުންގެ ދިދައެއް އައްޑޫ ސިޓީ ސްކެއާގެ ކޯއްޓޭ ހޮޅިދަނޑިއަށް ރޭ ނަގައިފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ފެތުރި ޚަބަރު އައްޑޫ ސިޓީ ކައުންސިލުން ދޮގުކުރައްވައިފިއެވެ.
އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވީ އެފަދަ ވާހަކަ ރިޕޯޓު ކުރުމުގެ ކުރިން ޙަޤީޤަތް ބަލަންޖެހޭނެ ކަމަށެވެ. އެކަން ކޮށްފައިވަނީ ޣައިރު ޒިންމާދާރު ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިސަރުކާރާ ދެކޮޅަށް އައްޑޫ ސިޓީގެ ރައްޔިތުން އެ ޒާތުގެ ކަމެއް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެވާހަކަ ރިޕޯޓުކުރި ނޫހުން ބުނެފައިވަނީ އެފަދަ ދިދައެއް އައްޑޫ ސިޓީ ސްކެއާ ކޯއްޓޭ ދިދަ ދަނޑިއަށް ނަގާފައިވަނީ ސަރުކާރުން ވަޢުދު ނުފުއްދާ ކަމަށް ބުނެ ކަމަށެވެ.
"ދެހާސް ތޭރަވަނަ އަހަރުގެ ފޮޓޯއެއް ލާފައި އެހުރީ. ވަރަށް ޣައިރު ޒިންމާދާރު ކަމެއް އެހެރީ ކޮށްފައި. އައްޑޫ ރައްޔިތުން އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާ ދެކޮޅަށް އެކަހަލަ ވިޔާނުދާ ކަމެއް ނުއެއްކުރާނެ،" ޔަސްރިފް ވިދާޅުވިއެވެ. އެފަދަ ފޮޓޯއެއްލީ ބައެއްގެ މަޤުޞަދަކީ "ރައްޔިތުންނާ ސަރުކާރާ ޖެއްސުން. ދިދައެއްނެތް އެތާގައި، އެތާ ހުރީ ހޮޅިދަނޑި،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ