ސުޕްރީމް ކޯޓުން ނެރުނު އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރު ކުރިން ގަބޫލު ނުކުރަން އެކޮމިޝަނުން ނިންމައިފި އެވެ.
އެކޮމިޝަނުން މިިރޭ ނެރުނު ބަޔާޏުގައި ވަނީ ފަނޑިޔާރު އަބްދުﷲދީދީ އާ ގުޅޭގޮތުން ނިންމި ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށެވެ. އެކަން ފާސްކޮށްފައިވަނީ މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ