މާލޭގެ އަށް މިސްކިތެއް މަރާމާރުކޮށްދޭނެ ބަޔަކު ހޯދަނީ

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އަށް މިސްކިތެއް ފޮޅާ ސާފު ކުރުމާއި، ކުދި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މިސްކިތް ފޮޅާ ސާފު ކުރުމާއި، ކުދި މަރާމާތުކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް އިއުލާނުގައި ދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ މައްޗަންގޯޅި އޮފީހަށް ވަޑައިގަތުމަށް އެދިފަ އެވެ.
އެގޮތުން އެކަމާ ގުޅޭ ގޮތުގައި މައުލޫމާތު ސާފު ކުރުމަށް މިމަހު 19 ވަނަ ދުވަހު އަދި އަގު ހުށަހެޅުން އޮންނާނީ މިމަހު 26 ވަނަ ދުވަހު މެންދުރު ފަހު 01:00 ގައެވެ.
އެއިދާރާއިން ބުނިގޮތުގައި ދަންނަވާފައިވާ ގަޑީގައި މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެ އެވެ.
އޭގެ އިތުރުން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ އެ ކުންފުންޏެއްގެ ފަރާތުން ބައިވެރިވާކަން އެނގޭނެ ލިޔުމެއް އޮންނަންވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ