އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ތެލަންގަނާގައި ފުލުހުން ތަހުގީގަށް މީހަކު ހާޒިރު ކުރުމުން ތަހުގީގަށް އެއްްބާރުލުން ނުދިނުމަށް ކަރަންޓު ތަނބަކަށް އަރައިފިއެވެ.
ރިޕޯޓްތަށް ބުނާގޮތުގައި މިމީހާގެ މައްޗަށް ފުލުހުން ވަނީ އަންހެނަކު ގެއްލުވާލި ކަމުގެ ތުހުމަތު ކޮށްފައެވެ. ފުލުހުން މިމީހާ ގެއްލުނު އަންހެނާގެ މައްސަލާގައި ހާޒިރު ކޮށްފައިވަނީ ތެލަންގަނާ ސްޓޭޓްގެ ހައިދުރައާބާދުގެ ބަޗުބަލީ ޑިސްޓްރިކްޓްގައި ހުރި ތަނަކަށެވެ.
ފުލުހުން ބުނި ގޮތުގައި ގެއްލުނު އަންހެން މީހާ އެންމެ ފަހުން ފެނިފައިވަނީ މި ސަރަހައްދުން ކަމަށެވެ. ފުލުހުން ވަނީ ތަހުގީގު ކުރެވޭ މީހާއި އެތަށް ފަހަރަކު ސުވާލު ކުރުމަށް މައްސަކަތް ކޮށްފައެވެ.
ތަހުގީގަށް އެއްބާރުލުން ނުދިނުމަށް އޭނާވަނީ ހާޒިރު ކުރުމާއި އެކު އެސަހަރައްދުގައި ހުރި ކަރަންޓް ތަނބެއްގެ އެންމެ ކޮޅަށް އަރާފައެވެ. އޭނާ ބުނީ ފުލުހުން އެތަނުން ނުގޮސްފިނަމަ ފުއްމާލައިގެން މަރުވާނެ ކަމަށް ބުނެފައެވެ.
ފުލުހުން ވަނީ ވަރަށް ގިނަ ވަގުތު ހޭދަ ކޮށްގެން މި މީހާއާއި ވާހަކަ ދައްކައި އޭނާ އެތަނުން ބާލުވާފައެވެ. އޭނާ އަންދުރަ ޕަރަދޭޝްގެ ފުލުހުނާއި ތެލަންގަނާގެ ފުލުހުންނަށް މިހާރު ވަނީ ހަވާލު ކޮށްފައެވެ.
ފުލުހުން މި މައްސަލާގައި އިތުރަށް ބުނީ ގެއްލުނު އަންހެންމީހާ ވަނީ މަރާލާފައިކަމުގެ ކޮންމެވެސް ވަރެއްގެ ހެކިތަކެއް މިހާރު ލިބިފައިވާ ކަމަށާއި ސުވާލު ކުރި ބައެއް މީހުންގެ ފަރާތުން އެނގުނީ އެ އަންހެން މީހާ އެންމެ ފަހުން ފެނުނީ ފިރިހެނަކާއި އެކު ހުސްބިމަކުން ކަމަށެވެ.
ފުލުހުން މިހާރުވަނީ ގެއްލުނު އަންހެން މީހާގެ ތަހުގީގަށް އެއްބާރުލުން ނުދިން މީހާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދުމަށް ހުށައެޅުމަށް ތައްޔާރުވަމުންނެވެ.
ތަހުގީގަށް ހާޒިރު ކުރުމުން އެރީ ކަރަންޓު ތަނބަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ