މަހުޖަނުންނަށް ހީވަނީ ކޯޓުތަކަކީ ވިޔަފާރިއަށް ފައިސާ ހޯދުމުގެ ވަސީލަތެއް ހެން - ނަޝީދު

މަހުޖަނުނަށް ހީވަނީ ރާއްޖޭގެ ކޯޓުތަކަކީ ވިޔަފާރިއަށް ފައިސާ ހޯދުމުގެ ވަސީލަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދުު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީއަށް ފަނޑިޔާރު ޖަވާބުދާރީ ނުކުރެވެނީ ތިން ސަބަބަކާހުރެ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައިވެސް އިންނަވާ ނަޝީދު ވިދާޅުވީ ފުރަތަމަ ސަބަބަކީ ރާއްޖޭގެ ބައެއް ފިޔަފާރިވެރިން ކަމަށާއި ވިޔަފާރިވެރިންނަށް ހީވެފައި އޮތީ ރާއްޖޭގެ ކޯޓުތަކަކީ ވިޔަފާރިއަށް އެހީތެރިވެ ފައިސާ ހޯދުމުގެ ވަސީލަތެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ބައެެއް ވިޔަފާރިވެރިންނާއި ގާތް ގުޅުން އޮންނަ ކަމަށެވެ.
އަދި ދެވަނަ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުންނާއި އޮންނަ ގާތް ގުޅުމެވެ. ސިޔާސީ ލީޑަރުން ސިޔާސީ ބާރު ހޯދުމަށްޓަކައި ފަނޑިޔާރުން ބޭނުން ކުރަމުންދާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ތިންވަނަ ސަބަބަކީ ގޭންގުތަކާއި ފަނޑިޔާރުންނާއި އޮންނަ ގުޅުން އޮންނަ ކަމަށާއި ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ގޭންގުތަކުން އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަނޑިޔާރުންނާއި އެގުޅުން ބާއްވަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ