ޖުމްހޫރީ ޕާޓީގެ ތެރެއަށް ކަނޑުފޭރޭ ބަޔަކު ނުވަންނަ ކަމަށާއި އެފަދަ ބަޔަކަށް ޖުމްހޫރީ ޕާޓީގެ ތެރެއިން ފުރުސަތުވެސް ނުދެއްވާނެކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ތެރެއަށް ކަނޑުފޭރޭ ބަޔަކުވަދެ ޕާޓީ ހިޞާރު ކޮށްފައިވާކަމަށް އެޕާޓީގެ ރައީސް އަދި ޓްއަރިޒަމް މިނިސްޓްރު އަލީ ވަހީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއާއި އެކު ޤާސިމް މަސައްކަތް ކުރައްވަން ވެއްޓެވުމުން އަލީ ވަހީދު އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ގާސިމްގެ އަމިއްލަ ޓީވީ ޗެނަލް ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ޖޭޕީތެރެއަށް ކަނޑުފޭރޭ ބަޔަކު ވަދެފައިވާކަމަށް ދެކެވޭ ވާހަކަޔަކީ ހަގީގަތެއް ނޫންކަމުގައެވެ. އަދި ކަނޑިފޭރޭ ބަޔަކު ޖޭޕީގެ ތެރެއަށް ނުވަންނަ ކަމަށާއި ނުވެސް ވަންނާނެކަމަށް އަދި ވަނަ ނުވެސް ދެނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރައްވަން ފެއްޓެވުމުން ޖޭޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ އެކަމާއި ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. ހާއްސަކޮށް އެޕާޓީގެ ރައީސް އަލީ ވަހީދުގެ ފާޑުކިއުން ގާސިމަށާއި ޖޭޕީއަށްވަނީ އަމާޒުވެފައެވެ.
ރައީސް ޔާމީނާއި ޕީއެންސީ އަދި ޕީޕީއެމްއާއި އެކު މަސައްކަތް ކުރާނީ ރައްޔިތުންގެ އުއްމީދާއި ޤައުމުގެ ތަރައްޤީއަށް ވިހަލާން ބޭނުންވާ ފަރާތްތައްކަމަށްވެސް އަލީ ވަހީދުވަނީ ވިދާޅުވެފައެވެ.
ޖޭޕީ ތެރެއަށް ކަނޑުފޭރޭ ބަޔަކު ނުވަދޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ