ތިމަރަފުށީ މުސްތަފާ ފަނޑިޔާރުންނަށް ބިރުދެއްކި މައްސަލަ ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވަން އަންގައިފި

މުޙައްމަދު ޖިނާޙް އަލީ
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ތިމަރަފުށީ ފަނޑިޔާރުންނަށް ބިރުދެއްކި މައްސަލަ ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވައިގެން ތަހުގީގުކުރަން ޕީޖީ އޮފީހުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގައިފިއެވެ.
ތިމަރަފުށީ މުސްތަފާ ވަނީ އޭނާގެ ގޮނޑި ގެއްލުމުގެ އެއް ރޭ ކުރިން މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ފަނޑިޔާރުނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ. އަދި އެމައްސަލަ ބާލާ ޤާނޫނީ ފިޔަވަޅު އަޅާދިނުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު މުސްތޮފާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް އިންޒާރެއް ދެއްވި ކަމަށް ތިޔަ ޑިޕާޓްމަންޓަށް ތުހުމަތު ކުރެވޭނަމަ އެ މައްސަލަ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް ހުށަހަޅައިގެން ކުރިޔަށް ގެންދެވުން ރަނގަޅު ކަމަށް ފެނެ އެވެ. އަދި އެފަދަ އިދާރާއަކުން އެ މައްސަލަ ބައްލަވައި ނުގެންފިނަމަ އެކަން އެނގޭނެ ހަރަދަނާ ގޮތަކާއެކު މި އޮފީހަށް ހުށަހެޅުމުން އެކަމާމެދު މިއޮފީހުން އެޅެން ހުރި ގާނޫނީ ފިޔަވަޅު އެޅިދާނެ" ޕީޖީ އިން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ