އަބުދުﷲ ގާޒީ މައްސަލައާއި މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނުނިންމާ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދުގެ ސުލޫކީ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމި ނިންމުމައި ގުޅިގެން އެކަން ދަށު ކޯޓުން ބާތިލުކޮށްފައިވާތީ އެކޮމިޝަނުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައާއި މެދު އެކޯޓުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެފިއެވެ.
ހައިކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހައިކޯޓުން މައްސަލަތައް ބަލަމުން ގެންދާނީ އެކޯޓަށް ހުށަހަޅާ ތަރުތީބުން ކަމަށާއި އެމައްސަލައާއި ހަމައަށް އަދި ނުދެވޭ ކަމަށެވެ. ޖޭއެސްސީން ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފުކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.
އަބުދުﷲ ގާޒީއާއި މެދު ފިޔަވަޅު އެޅުމަށް ޖެއެސްސީން ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުން ބޭރުން ދިޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފާޑު ވިދާޚުވެފައިވާތީއެވެ. ނަމަވެސް ސިވިލް ކޯޓުން ޖޭއެސްސީގެ އެނިންމުން ބާތިލުކޮށްފައިވަނީ އެމައްސަލާގައި ޖަވާބުދާރީ ވުމުގެ ފުރުސަތުދީފައި ނުވާ ކަމަށް ބުނެއެވެ. އަދި އަބުދުﷲ ގާޒީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުން ބޭރުން ސަރުކާރަށް ފާޑުކީ ކަން ސާބިތުވާ ވަރަށް ކާފީ ހެކި ވެސް ހުށަހަޅާފައި ނުވާ ކަމަށް މިހުކުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ