އެލްޖީއޭގެ ރައީސަކަށް އުމަރު އިންތިޚާބުކޮށްފި
ލޯކަލް ގަވަމަން އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރައީސަކަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އިންތިޚާބުކޮށްފި އެވެ. ވަޒީރުންގެ ތެރެއިން އެލްޖީއޭ އަށް ކަނޑައެޅި އުމަރު އެ ބޯޑުގެ ރައީސް ކަމަށް އިންތިޚާބުކުރީ މިއަދު ބޭއްވި އެ އޮތޯރިޓީގެ ޖަލްސާާ އަށް ހާޒިރުވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ. އެލްޖީއޭ އިން ބުނީ ނުވަ މެންބަރުން ތިއްބަވާ ބޯޑުގެ ރައީސް ކަމަށް ކުރިމަތިލެއްވީ ވެސް އުމަރު އެކަނި ކަމަށެވެ. އެލަޖީއޭގެ ބޯޑަށް އުމަރު އައްޔަންކުރީ އެ ބޯޑުގައި ކުރިން އިންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަޒީރުކަމުން ވަކިކުރުމާ ގުޅިގެން ޖެނުއަރީ 21 ގަ އެވެ. މިހާރު ޖަލުގައި ހުންނެވި ނާޒިމް ވަޒީރުކަމުން ވަކިކުރީ އޭނާ ދިރިއުޅުއްވާ ކޮޓަރިން ހަތިޔާރު ފެނުމުގެ ތުހުމަތާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ