ސުޕްރީމް ކޯޓް ރިސެސްއަށް ހިނގައްޖެ އެވެ.
ސުޕްރީމް ކޯޓުން ބުނީ ކޯޓުތަކުގެ ޤާނޫނުގެ ހަތް ވަނަ މާއްދާގައި ބުނާ ގޮތަށް އިއްޔެން ފެށިގެން އިން އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ. އަދި އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރަށް ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ޙާލަތެއްގައި ފިޔަވައި، އެ އަހަރެއްގެ ދައުރު ނިމުމަށްފަހު އަނެއް އަހަރުގެ ދައުރު ފެށުމާދެމެދުގެ ރިސެސްގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށެވެ.
އަދި އެ ނޫނުގެ ހަޔް ވަނަ މާއްދާގެ (ޅ) ގައި ބުނާ ފަދައިން ސުޕްރީމްކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވި ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިޔަށްދާނެ ކަމަށް ވެސް ބުންޏެވެ.
ސުޕްރީމް ކޯޓްގެ ރިސެސްއަށް ހިނގައްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ