ރިޔާސީ އިންތިހާބު ދެ ވަނަ ބުރަކަށް ހިނގައްޖެ ނަމަ މާދަމާ ވޯޓުލާނަމަ ބައެއް ފަރާތްތަކުގެ އިންތިހާބީ ހައްގުތަކެއް ގެއްލޭ ކަމަށް ބުނެ ދެ ވަނަ ބުރު ފަސް ކުރަން އެދި ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފި އެވެ. މި މައްސަލައިގައި ސުޕްރީމްކޯޓަށް ސިޓީއެއް ފޮނުވީ ސ. ހިތަދޫ ލާމިގޭ، މޫސާ އަންވަރެވެ.
އެ ސިޓީގައި އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހި މާދަމާ އެ ވޯޓް ނަގާނަމަ ދެ ވަނަ ބުރަށް އަލުން ރަޖިސްޓްރީކުރަން ދިން ތިން ގަޑިއިރުގެ ވަގުތު ކުޑަކަމުން އެތައް ބަޔަކަށް ވަނީ ވޯޓު ލުމުގެ ހައްގު ގެއްލިފައި ކަމަށާއި އަދި އިންތިހާބާ ބެހޭ ގާނޫނުތަކުގައި ބުނާ ގޮތަށް ދެ ވަނަ ބުރަށް ކެމްޕޭން ކުރުމުގެ ހައްގު ޕާޓީތަކަށް ގެއްލޭ ކަމަށާއި އެގޮތަށް މާދަމާ އިންތިހާބު ބާއްވައިފި ނަމަ ތިން ވަނަ އަށް ދާ ކެންޑިޑޭޓަކަށް ދެ ވަނަ އަށް ދާ ކެންޑިޑޭޓަކާ އެންޑޯޒް ކުރުމަށް ވެސް ފުރުސަތު ނުލިބޭ ކަމަށެވެ.
ދެވަނަ ބުރެއް ބާއްވާނަމަ ވޯޓުލުން ފަސް ކުރަން ސުޕްރީމް ކޯޓުގައި އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ