އެންމެ ބޮޑު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) ގެ އޮފީހަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުރަތަމަ ފަހަރަށް ވަޑައިގެންފިއެވެ.
ރައީސް މައުމޫން ފުރަތަމަ ފަހަރަށް އެމްޑީޕީ އޮފީހަށް ވަޑައިގެންފައިވަނީ ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުންގެ ބައްދަލުވުމެއް އެމްޑީޕީގެ އޮފީހުގައި ބޭއްވުމާއި ގުޅިގެން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. ރައީސް މައުމޫން އަރިހުގައި އެ މަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫންވެސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވަޑައިގެންފައެވެ.
ރައީސް މައުމޫން އެމްޑީޕީ އޮފީހަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރްހަބާ ދެންނެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ގުޅިފައިވާ ޕާޓީތަކުގެ އިތުރު ދެ ލީޑަރުން ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ބައްދަލުވުމެއް އެމްޑީޕީ އޮފީހުގައި ބާއްވާފައިވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެސް ކޯލިޝަނުން ބައިވެރިވާނެ ގޮތަކާއި މެދު މަޝްވަރާކުރެއްވުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކުން ވާދަކުރާނީ އެކުގައިތޯ ނުވަތަ ވަކިންތޯ އަދިވެސް ވަނީ ކަނޑަނޭޅިއެވެ. ބައްދަލުވުމަށްފަހު ޕާޓީތަކުގެ ލީޑަރުން ބުނެފައިވަނީ މި ކަމުގައި ގޮތެއް ނިންމާނީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަކަށް ކަމަށެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކުން ވާދަކުރާނީ ވަކި ވަކިންނެވެ.
ކޯލިޝަން ޕާޓީތަކުގެ ބައްދަލުވުމެއް އަންގާރަދުވަހު އެމްޑީޕީ އޮފީހުގައި ބާއްވާފައިވާއިރު، މި މަހުގެ 15 ވަނަ ދުވަހުވެސް ވަނީ ހަތަރުލީޑަރުންގެ ބައްދަލުވުމެއް ހޮޓެލް ޖެންގައި ބާއްވާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އޮފީހަށް ރައީސް މައުމޫން ފުރަތަމަ ފަހަރަށް ވަޑައިގެންފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ