އަސްކޮއެގެ ހަވާލުގައި އުމްރާ އަށް ދާން ފައިސާ ދެއްކި މީހުންނުފުރިގެން ޝަކުވާ ކުރަނީ

އަސްކޮއެ ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ދާން ފައިސާ ދެއްކި މީހުންނަށް ނުފުރިގެން ޝަކުވާ ކުރަން ފަށައިފިއެވެ.
މައުލޫމަތު ލިބޭ ގޮތުގައި އަސްކޮއެ ޖަމާއަތުގެ ހަވާލުގައި ފުރަން ހަމަޖެހިފައިވާ 48 މީހުންނަށް ޓިކެޓު ނަގާފައިވަނީ ސަމްހާ އިންޓަނޭޝަނަލް ކިޔާ ކުންފުންޏެއް މެދުވެރިކޮށެވެ . އުމްރާ އަށް ދާން ސްރީލަންކަން އެއާލައިންސްއިން ޓިކެޓު ބުކް ކުރި މީހުންނަށް ފުރޭ ގޮތް ނުވީ އެ ކުންފުނިން އެއާލައިން އަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނެތުމުންކަމަށްޓިކެޓު ނެގި ސްރީލަންކަން އެއާލައިންބުނެއެވެ.
މީހުން ޓިކެޓު ބުކްކޮށްފައި ފުރަތަމަ ދައްކަން ޖެހޭ ޕޭމަންޓް ދައްކާފައި ނުވާކަމަށާއި އެހެންވެ ފުރެން ނެތްކަމަށްބުންޏެވެ. ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އޮޕަރޭޓިން ޕަރޓްނާ އޭވިއޭޝަން އިން އެކަން ވަނީ ކަށަވަރު ކޮއްދީފައެވެ.
މި މައްސަލައާއި ގުޅިގެން ސަމްހާ ގްރޫޕަށާއި އެގުރޫޕްގެެ މެނޭޖިން ޑިރެކްޓަރު އަބްދުލް ރަޝީދަށް ގިނަބައެއްގެ ފާޑުކިޔުމާއި ނުރުހުން ފާޅުކުރަމުން އެބަދެއެވެ. ރާއްޖެގައި މީގެކުރިން ވެސް ހައްޖައް ގެންދާނެ ކަމަށްބުނެ އޮޅުވާލައިގެން މިހުންއަތުން އިތުރަށް ފައިސާ ހޯދުމުގެ މައުލޫމާތުލިބި އެކަންކަމުގެ އަޑުތައް ވެސް ފެތުރިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ