ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޑުއްވަރީ ދާއިރާގެ ޓިކެޓު ކޯލިޝަނަށް ދޫކޮށްލުމަށް އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ މިރޭގެ ޖަލްސާއަށް ހުށައަޅާ ހުށައެޅުމުގައި ހިމަނައިފިއެވެ.
އެ ހުށައެޅުމުގައި ވާގޮތުން އެމް.ޑީ.ޕީން 87 ދާއިރާގެ ތެރެއިން 60 ދާއިރާއަކަށް ކުރިމަތިލާގޮތަށް ނިންމާފައިވާއިރު މީގެ ތެރެއިން 14 ދާއިރާއެއްގައި އިއްތިހާދުގެ އެހީތެރިކަމަށް އެދުމަށްވަނީ ނިންމާފައެވެ. ހަމައެއާއިއެކު 27 ދާއިރާއެއް އިއްތިހާދުގައި ހިމެނޭ ޖޭޕީ، އަދާލަތު ޕާޓީ ނުވަތަ ރައީސް މައުމޫނަށް ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.
އެހެންނަމަވެސް، މި ހުށައެޅުން ފާސްވާނީ މިރޭ ޤައުމީ މަޖިލީހުގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓުންކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި ނިންމުން އަދިވެސް ބަދަލުވުމުގެ ފުރުސަތުއޮތްކަން ފާހަގަކޮށްލެވެއެވެ.
އެމް.ޑީ.ޕީން ނިންމާފައިވަނީ މަޑުއްވަރީ ދާއިރާގެ ގޮނޑި އިއްތިހާދަށް ދޫކޮށްލާގޮތަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ