ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައި ދިނުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
އަދީބް ޖަލުގައި ތިން އަހަރު ހޭދަކުރެއްވިކަން ފާހަގަ ކުރައްވާ ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެހެން ގައިދީންނެކޭ އެއްގޮތަށް އަދީބާއި މެދުވެސް އަމަލު ކުރަންވާނީ އިންސާނިއްޔަތުކަމާއި އެކުގައި ކަމުގައެވެ.It is 3 years since former VP Adeeb was jailed. As all prisoners, he must be treated humanely and must be allowed to go abroad for medical treatment as advised by doctors.— Maumoon Abdul Gayoom (@maumoonagayoom) October 24, 2018މީގެ އިތުރުން ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ފުރުސަތު ދޭންޖެހޭކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އަދީބުގެ ސިއްހީ ހާލުކޮޅު މާބޮޑަށް ގޯސްވެފައިވާތީ ގޭ ބަންދަށް ބަދަލުކޮށް ފަރުވާ ދިނުމަށް ޑޮކްޓަރުން މިއަދު އަނެއްކާވެސް ލަފާދެއްވާފައިވާ ކަމުގައެވެ.
ސިރާޖު ވިދާޅުވި ގޮތުގައި އަދީބުގެ އެތެރެ ހަށީގައި އިތުރު ސިސްޓް އަދި ހިލަތަކެއް އުފެދިފައިވާކަން ސީޓީ ސްކޭނުން ވަނީ ދައްކާފައެވެ. އެހެން ކަމުން އަދީބު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް މޫސާ ސިރާޖު ވަނި އެދިފައެވެ.
އެކި ކުށްތަކުގައި އަދީބަށް ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެއީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި، ފިސްތޯލެއް ގެންގުޅުނު މައްސަލާގެ އިތުރަށް ހިޔާނާތުގެ މައްސަލާގައެވެ.
އަދީބަށް ބޭސްފަރުވާގެ ފުރުސަތު ދިނުމަށް ރައީސް މައުމޫނު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ