މޫސުން ގޯސްވުމުގެ ސަބަބުން ބައެއް އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން މެދުރާއްޖޭތެރޭގެ ބައެއް އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ ނ. އަތޮޅާއި ފ. އަތޮޅާ ދެމެދުގެ ސަރަޙައްދަށެވެ. އެ އިދާރާއިން ބުނީ މި ސަރަޙައްދުތަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 23 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވާނެކަމަށް ލަފާކުރެވޭއިރު، މޫސުމާބެހޭ ޤައުމީ އިދާރާއިން މި ސަރަހައްދުތަކަށް ވައިޓް އެލަރޓް ނެރެފައިވަނީ މެންދުރު 1:15 އިން ހަވީރު 4:15 އާ ހަމައަށެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ