މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށްފައި ހުއްޓާ ކުއްލި ގޮތަކަށް މަރުވި މަރުހޫމް އަބްދުﷲ ރަޝީދުގެ އާއިލާއާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ބައްދަލު ކުރައްވައިފިއެވެ.
ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ޙުކުމް ތަންފީޒުކުރުން ލަސްކުރުމުގެ އަމުރު ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުމާ އެކު އެމަނިކުފާނު މިނިވަންވުމުން އެންމެ ފުރަތަމަ އާއިލާއަކަށް ޒިޔާރަތް ކުރައްވާފައި މިވަނީ އަބްދުﷲ ރަޝީދުގެ އާއިލާއަށެވެ.
އިމްރާންގެ މި ޒިޔާރަތުގައި ވަނީ އާއިލާގެ ހާލުބައްލަވައި ރަޝީދުގެ އަނބިކަބަލުންނަށް ހިތްވަރު ދެއްވާފައެވެ.
މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޖަލައްލާފައި ހުއްޓާ ރަޝީދު މަރުވެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު އެވެ. ރަޝީދު މަރުވެފައި ވަނީ އެތެރެހަށީގެ ގުނަވަންތަކުގައި އިންފެކްޝަން އުފެދި، ފުއްޕާމެ އާއި ކިޑްނީ ފެއިލް ވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، އޭނާގެ އަންހެނުން ޝެހެނާޒު އަބްދުއްރަހީމް ބުންޏެވެ. ރަޝީދުގެ އައިލާއިން ބުނެފައި ވަނީ، އޭނާގެ މަރުގެ މައްސަލާގައި ކަރެކްޝަނުގެ އިހުމާލުތަކެއް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ބަލިވެ، އެތައް ދުވަހެއްވީ އިރުވެސް އެންމެ އެކަށީގެންވާ ފަރުވާ ފޯރުކޮށްދީފައިނުވުމާއި އެންމެ ފުރިހަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށެވެ. އައިލާއަށް ކަންކަން ކުރަންވީގޮތް އެންމެ ފުރިހަމައަށް ކަރެކްޝަނުން ކިޔާދީފައިނުވާ ކަމަށް އައިލާއިން ބުނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މޭޑޭގެ ގައިދީ މަރުހޫމް އަބްދުﷲ ރަޝީދުގެ އާއިލާއާ ޝައިޚް އިމްރާން ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ