މައުމޫން ޓްވިޓާ އާއި ފޭސްބުކް ބޭނުންކުރައްވަން ފައްޓަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރަތަމަ ފަހަރަށް ޓުވިޓާ އަދި ފޭސްބުކް އެކައުންޓެއް މިއަދު ހުޅުއްވައިފި އެވެ.
"އޮފިސް އޮފް ފޯމާ ޕްރެޒިޑެންޓް މައުމޫން" އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި މައުމޫން ފޭސްބުކް އަދި ޓްވިޓާ ބޭނުން ކުރައްވަން ފެއްޓެވީ، އެ މަނިކުފާނުގެ ގައުމީ، ސިޔާސީ އަދި އިޖްތިމާއީ މަސައްކަތްތަކުގެ މައުލޫމާތާއި ބައެއް މުހިއްމު ކަންކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ވަގުތުން ވަގުތަށް ރައްޔިތުންނަށް ހިއްސާ ކުރެއްވުމުގެ ބޭނުމުގަ އެވެ.
އެ ބަޔާނުގައި ބުނިގޮތުގައި މި ދެ އެކައުންޓުން ބައެއް ފަހަރު ރައީސް މައުމޫން ވެސް ޕޯސްޓު ކުރައްވާނެ އެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށް މައުމޫން މި ފެއްޓެވީ މިއަދު ފާހަގަ ކުރާ އެ މަނިކުފާނުގެ 75 ވަނަ އުފަންދުވަހާ ގުޅުވައިގެންނެވެ. މައުމޫންގެ ފުރަތަމަ ޓްވީޓްގައި ދިވެހި ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވާފައި ވެ އެވެ.بسم الله الرحمن الرحيم alhugan'duge furathama tweet khaassa mikuranee emmehaa rayyithunnah ikhlaas theri heyo edhunthah fonuvumah- M— Maumoon Abdul Gayoom (@maumoonagayoom) December 29, 2012
މައުމޫންގެ ފުރަތަމަ ޓްވީޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ