ބަޔަކު ރުޅިއަޔަސް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނަން: މައުމޫން

އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅާއިމެދު ބަޔަކު ރުޅިއައި ނަމަވެސް އެ މަަސައްކަތް ހުއްޓާނުލައްވާނެކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކްފާނު މިހެން ވިދާޅުވީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ދެކެ ބަޔަކު މީހުން ރުޅިއަންނަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާތީކަަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ބަޔަކު މީހުން އެމަނިކުފާނު ދެކެ ރުޅިއައިނަމަވެސް މިހާރުކުރަމުންދާ މަސައްކަތް ހުއްޓާނުލައްވާނެކަމަށެވެ.
ރައީސް މައުމޫން ވަނީ ، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރަށް އަދާލަތު ޕާޓީއާއި ޕީޕީއެމްއިން މާތްވެެގެންވާ އިސްލާމް ދީނާ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގައުމިއްޔަތު ހިމާޔާތްކޮށް ސަރުކާރު ޒިންމާދާރު ކުރުމަށް އެއްބަސްވެ އެއްބަސްވުމެއް އެކުލަވާލައްވާފައެވެ.
މައުމޫންގެ މި މަސައްކަތްޕުޅަށް ރައީސް ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުންދާއިރު، ރައީސް މައުމޫން ޕީޕީއެމްއިން ވަކިކޮށްދިނުމަށް އެދި އެޕާޓީގެ ކައުންސިލުން ވަނީ މިއަދު ސުލޫކީ ކޮމެޓީއަށް މައްސަލަވެސް ހުށައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ