ޕީޕީއެމްގެ މެމްބަރު ކަމުން ވައްޑެ ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމައިފި

ޕީޕީއެމްއިން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.
ވައްޑެއަކީ ޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި މަސައްކަތް ކުރައްވާ މެމްބަރެކެވެ. ސުލޫކީ ކޮމެޓީން ބުނީ، އޭނާ ވަކި ކުރަން އެ ކޮމެޓީން ނިންމާފައި ވަނީ އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާތީކަމަށެވެ.
ވައްޑެގެ ޢައިރު ހާޒިރުގައި އެ ކޮމެޓީގެ ފަސް މެމްބަރުންގެ އިއްތިފާގުން މިގޮތަށް ނިންމިއިރު، އެ ކޮމެޓީ އަށް ޖަވާބުދާރީ ވުމަށް މިދިޔަ ބުދަ ދުވަހު ވައްޑޭ ވަޑައިގަތުމަށް ސިޓީ ފޮނުވިއެވެ. ނަމަވެސް އޭނާ އެއަށް އިޖާބަ ދެއްވާފައެއް ނުވެއެވެ.
އެ ކޮމެޓީން ބުނިގޮތުގައި ވައްޑޭ ވަނީ އެމްޑީއޭ އާއި ޕީޕީއެމް އިން ނެރުން ތްރީލައިން ވިޕާ ހިލާފުވެވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އިސްކޮށް އިދިކޮޅު ފަރާތްތަކާ ގުޅިގެން އޭނާ ދަނީ ހަރަކާތްތެރިވަމުންނެވެ.
ވައްޑޭ ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމި ނިންމުމާ މެދު، ހިތްހަމަޖެހިވަޑައިނުގަންނަވާނަމަ، އިސްތިއުނާފް ކުރުމުގެ ހައްގު އޭނާ އަށް ލިބޭނެއެވެ.
ޕީޕީއެމްއިން ވައްޑޭ ވަކިކުރި އިރު އެ ޕާޓީގެ ވިޕާ ހިލާފު ވެގެން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް ވަނީ މީގެ ކުރިން ޕާޓީން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ