ބ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް މޫސުން ގޯސްވެ، މެޓް އޮފީހުން މޫސުމީ އިންޒާރު ދީފިއެވެ.
މެޓް އޮފީހުން ވަނީ މިއަދު މެންދުރު 1:00 ޖެހުމާއި ހަމައަށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ. އަދި އެ ވަގުތު ތަކުގައި އެސަރަހައްދަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކުރާ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބުނެފައިވެއެވެ.
ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައިކަމަށްވެސް ބުނެފައި ވެއެވެ.
ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފައި ވެއެވެ.
ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ