ރަންބީރާއި އާލިއާގެ ކައިވެނި ފަސްކުރީތަ؟

ބޮލީވުގޭ ޖޯޑު ރަންބީރާއި އާލިއާ އަންނަ އަހަރުގެ ކުރީކޮޅު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ދާދި ފަހުން އަޑު ފެތުރިގެން ދިޔައެވެ. އަދި އެ ދެމީހުން ކައިވެނި ކުރަން އެ ދެމީހުންގެ ޝެޑިއުލްތައްވެސް ހުސްކޮށްފައިވާ ކަމަށާއި، ގިނަ ކަންތައްތަކެއް ފަސްކުރި ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.
މުނިފޫހި ފިލުވުމުގެ ހަބަރުތައް ގެނެސްދޭ މީޑިއާއަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ދެމީހުން މިހާރު ވަނީ އެމީހުންގެ ކައިވެނި 2023 ވަނަ އަހަރަށް ފަސްކުރަން ނިންމާފައެވެ. އަދި އެގޮތަށް ނިންމީ އެމީހުންގެ ޝެޑިއުލްތައް ތަންނުދިނުމުން ކަމަށް ވެއެވެ.
އެގޮތުން، އާލިއާއާއި ރަންބީރު ބޭނުންވީ އެހެން ގައުމެއްގައި “ޑެސްޓިނޭޝަން ވެޑިން”އެއް ބާއްވާށެވެ. އެހެން ނަމަވެސް، އަންނަ މަހު އެއްކޮށްވެސް އެމީހުން އެކި ފިލްމު ތަކުގެ ޝޫޓިން ތަކުގައި ބުރަކޮށް އުޅެން ޖެހޭތީ އެއްވެސް ވަގުތެއް ނުވާނެ ކަމަށާއި، އަންނަ އަހަރުވެސް ވަގުތެއް ހުސް ކުރެވެން ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭގެ އިތުރުން، އެމީހުން އެކުގައި ކުޅުނު ފިލްމު “ބްރަހްމާސްތްރާ” ނެރޭ ދުވަސް މިހާރު ފަސްކޮށްފައި ވުމަކީވެސް ކައިވެނި ލަސްކުރުމުގެ ސަބަބެކެވެ. އެ ދެމީހުން ބޭނުންވަނީ އެމީހުންގެ ކައިވެނީގެ ކުރިން އެކުގައި ކުޅޭ އެންމެ ފަހު ފިލްމު، ކައިވެނީގެ ކުރިން ނެރޭށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ