އެޓްލާންޓާ (ޖޫން 17) - މޭޖަ ލީގު ސޮކާގެ ކްލަބް، ލޮސް އެންޖެލްސް އެފްސީ (އެލްއޭ އެފްސީ) އަތުން 2-0 އިން ކުރިހޯދައި، ޗެލްސީން ފީފާ ކްލަބް ވޯލްޑް ކަޕް މޮޅަކުން ފަށައިފި އެވެ.
މަސެޑީސް ބެންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު، 71،000 ސަޕޯޓަރުންގެ ޖާގަ އޮތް ނަމަވެސް، މެޗު ބަލަން ވަދެފައިވަނީ، 22،137 މީހުންނެވެ. މި ކަމަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ޗެލްސީން މެޗުގެ ފުރަތަަމަ ހާފު ނިންމާލީ ވެސް ލީޑުގަ އެވެ. އެ ގޮތުން، އެ ޓީމުން މެޗުގެ ފުރަތަމަ ގޯލު ޖެހީ، 34 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ، ނިކޮލަސް ޖެކްސަން ދިން ބޯޅައަކުން ޕެޑްރޯ ނެޓޯ އެވެ.
މެޗުގައި ޗެލްސީން ޖެހި ދެ ވަނަ ލަނޑު ކާމިޔާބުކުރީ ބަދަލަކަށް ކުޅެން އެރި ދެ ކުުޅުންތެރިންގެ ކޮމްބިނޭޝަނަކުންނެވެ. މެޗުގެ 79 ވަަަނަ މިނިޓްގައި، އެންޒޯ ފެނާންޑޭސް، ޗެލްސީގެ ލީޑުފުޅާކޮށްދިން ގޯލު ޖެހީ، ދާދި ފަހުން، 34 މިލިއަން ޑޮލަރަށް ޗެލްސީން ސޮއިކުރި އިނގިރޭސި ފޯވާޑް، ލިއަމް ޑެލަޕް ދިން ބޯޅައަކުންނެވެ.
އެލްއޭ އެފްސީގައި ފްރާންސާ އެކު، ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ކުޅުންތެރިން ހިމެނެ އެވެ. އެއީ، އެ ޓީމުގެ ގޯލު ބެލެހެއްޓި ފްރާންސްގެ ކުރީގެ ކީޕަރު، ހޫގޯ ލޮރިސް އާއި ފޯވާޑް، އޮލިވިއޭ ޖިރޫޑް އެވެ. މީގެ ތެރެއިން، ކުރިން ޗެލްސީ އަށް ކުޅުނު ޖިރޫޑް ކުޅެން ނުކުތީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ.
ކްލަބް ވޯލްޑް ކަޕްގައި ރޭ އާޖެންޓީނާގެ ބޮކަ ޖޫނިއާސް އާއި ޕޯޗުގަލްގެ ބެންފީކާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި، ޓިއުނީޝިއާގެ އެސްޕަރަންސް އަތުން ބްރެޒިލްގެ ފްލަމެންގޯ ވަނީ 2-0 އިން މޮޅުވެފަ އެވެ.
ޗެލްސީން ކްލަބް ވޯލްޑް ކަޕް ފެށީ މޮޅަކުން ޗެލްސީން ކްލަބް ވޯލްޑް ކަޕް ފެށީ މޮޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ