ބާސެލޯނާ (ޖޫން 17) - ބާސެލޯނާ އަށް އަގުކުޑަކޮށް ނިކޯ ވިލިއަމްސް ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް އެތުލެޓިކް ބިލްބާއޯގެ އޮފިޝަލަކު ބުނެފި އެވެ.
ނިކޯ، 22، ގެ ސޮއި ހޯދަން މިދިޔަ ސީޒަނުގައި ވެސް ބާސެލޯނާ އިން މަސައްކަތް ކުރި އެވެ. އެކަމަކު، ބާސެލޯނާ އާއި ޕީއެސްޖީގެ ފަރާތުން ނިކޯ އަށް އައި އޮފާތަކަށް ބިލްބާއޯ އިން މަޝްވަރާ ކުރަން ވެސް ބޭނުމެއްނުވި އެވެ.
ސްޕެއިނާ އެކު، އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި، ނިކޯ އަކީ ބާސެލޯނާގެ އެއް ނަމްބަރު ޓާގެޓެވެ. އެކަމަކު، 2027 ވަަނަ އަހަރުގެ ޖޫންގެ ނިިޔަލަށް ނިކޯއާ އެކު، ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަންޖެހޭ، 75 މިލިއަން ޑޮލަރު އެއް ފަހަރާ ދޭން ބާސެލޯނާ އިިން ބޭނުމެއް ނުވެ އެވެ. ބާސެލޯނާގެ އެއް ވިސްނުމަކީ، ބަހާލައިގެން، އެ ފީ ދެއްކުމެވެ. އެކަމަކު، ބިލްބާއޯ އިން އެ ގޮތަށް ކުރިއަށްދާން ދެކޮޅު ހަދަ އެވެ.
"އެ މީހުން (ބާސެލޯނާ އިން) ނިކޯ ބޭނުމިއްޔާ، އަހަރެމެންގެ އެއްބަސްވުމުގައި އޮތް ގޮތަށް އަމަލުކުރުން ނޫން ގޮތެއް ނެތް،" ބިލްބާއޯގެ އޮފިޝަލަކު ބުނެފައިވެ އެވެ.
ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު، ޑެކޯ ވަނީ ދާދި ފަހުން، ނިކޯ އާއި އޭނާގެ އޭޖެންޓާ އެކު، ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އެކަމަކު، އަދިވެސް ބިލްބާއޯއާ އެކު، ރަސްމީކޮށް ބާސެލޯނާ އިން ބައްދަލުވުމެއް ނުބާއްވަ އެެވެ.
ބާސެލޯނާ އަށް އަގުކުޑަކޮށް ނިކޯ ދޫކޮށްލަން ބިލްބާއޯގެ ވިސްނުމެއް ނެތް ބާސެލޯނާ އަށް އަގުކުޑަކޮށް ނިކޯ ދޫކޮށްލަން ބިލްބާއޯގެ ވިސްނުމެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ