ދެވަނަ ފިޔަވަހީގައި 2 ޕްރީ ސްކޫލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: ނާއިބު ރައީސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 ޕްރީ ސްކޫލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަޞީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަޞީމް މިހެން ވިދާޅުވީ ހުޅުމާލޭގައި ސަރުކާރުން ޤާއިމްކުރި ޕްރީ ސްކޫލް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ފައިޞަލް ނަޞީމް ވިދާޅުވީ ޅަފަތުގެ ތަޢުލީމަކީ ވަރަށް މުހިއްމު ފެށުމެއް ކަމަށާއި މިވަގުތަކީ ތުއްތުކުދިން އެކަކު އަނެކަކާއެކު އުޅެން ދަސްކޮށް މައްސަލަ ހައްލުކުރުމަށާއި ކަންތައްތައް ކުރަންޖެހޭ ވަގުތުކަން ފާހަގަކުރައްވާފައެވެ.
މި ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކާއި ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރައްވަމުންގެންދަވާކަމަށެވެ.
"އެގޮތުން މިހާރުވެސް 2 ސްކޫލެއްގެ މަސައްކަތް ފަށާފައިވަނީ. 1 ސްކޫލްގެ މަސައްކަތް ވަރަށް ބަރަށް ކުރިއަސް އެބަދޭ. ޅަފަތުގެ ތަޢުލީމަށް މި ސަރުކާރުން ދޭ ޚާއްސަ އަހައްމިއްޔާތުގެ ދަށުން ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލްގެ 2 ސްކޫލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. ނައިބްރައީސް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.
ނައިބް ރައީސް ވިދާޅުވީ މި މަސައްކަތްތަކުގެ ދަށުން މިހާރުވެސް ހުޅުމާލޭގައި 2 ސްކޫލްއެއް އިމާރާތްކުރުމުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަމަށެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައިވާއިރު އެ ސަރަޙައްދުގައި ސްކޫލްތަކެއް ނެތުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި އެކަންތައް ހައްލުކުރުމަށްޓަކއި މިސަރުކާރުން މަސައްކަތްތައް ފަށާފައިވާކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ