އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ގާސިމް މަޖިލީހަށް ހާޒިރުވެއްޖެ
އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މަޖިލީހަށް ހާޒިރުވެއްޖެއެވެ. ގާސިމް މަޖިލީހަށް ވަޑައިގެންކަން މަޖިލީހުގެ މެމްބަރެއް ވަނީ "ސަން" ޔަގީންކޮށްދެއްވާފައެވެ. މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާފައެވެ. މިއަދުގެ ޖަލްސާގައި 45 މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ގާސިމް މިދިޔަ އަހަރު އެއްކޮށް ހުންނެވީ ސަލާމުގައިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެކަމާ ގުޅިގެން މީގެ ކުރިން ޖުމްހޫރީ ޕާޓީންވަނީ ގާސިމް މަޖިލީހަށް ހާޒިރުވުމާ ގުޅޭގޮތުން ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވާފައެވެ. އެގޮތުން ގާސިމް މީގެ ކުރިން، ހާލަތާއި ގުޅިގެން އެންމެ ރަނގަޅީ އެ މީހަކު ހުރި ތަނެއްގައި ހުރެގެން މަސައްކަތްކުރުންކަމަށް ވިދާޅުވެފައިވާކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ. މަޖިލީހުގެ ޖަލްސާތައް މިއަދު ފެށިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ހުންނެވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައެވެ. އެހެންކަމުން ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދޭ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ