ޝާހިދުކަޕޫރު، އާއިލާއާއި އެކު ސޮނެވާފުށީގައި

މަޝްހޫރު ހިންދީ ފިލްމީ އެކްޓަރު ޝާހިދުކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖުޕުތު ޗުއްޓީއަށް ދެދަރިންނާއެކު ސޮނެވާފުއްޓަށް އަތުވެއްޖެ އެވެ.
މިކަން ޔަގީން ކޮށްދިނުމުގެ ގޮތުން އޭނާވަނީ އިންސްޓަގްރާމްގައި ސޮންވާގެ ދއަތިރިމަތީގައި ތިބެގެން ނަގާފައިވާ ފޮޓޯއެެއް ޕޯސްޓް ކޮށްފައެވެ.
މީރާ ވެސް އޭނާގެ އިންސްޓަގުރާމު ސްޓޯރީގައި މޫދުގެ ރީތި މަންޒަރެއް ދައްކައިދީފައި ވެއެެވެ. އަދި ”ޓޭން” ވެފައިވާ މީރާގެ ފޮޓޯއެއް ވެސް އޭނަ ވަނީ ހިއްސާ ކޮށްފައެވެ. ޝާހިދު ކަޕޫރު ވެސް ވަނީ އޭނާގެ ހިތްގައިމު ފޮޓޯއެއް ހިއްސާ ކޮށްފައެވެ.
މީރާއަކީ އަމިއްލަ ދިރިއުޅުމާ ބެހޭ ކަންކަން މީޑިއާ އާއި ހިއްސާ ކުރާ މީހެއްކަމަށް ވިޔަސް މި ޗުއްޓީގެ ވާހަކަތަކާއި ރާއްޖޭ މަންޒަރުތައް މީޑިއާއަށް ހިއްސާ ކޮށްފައިވަނީ ވަރަށް މަދުންނެވެ.
ޝާހިދު ކަޕޫރުގެ ފާހަގަ ކޮށްލެވޭ ފިލުމުތަކުގެ ތެރޭގައި ހިމެނެނީ ”ކަބީރު ސިންގް”، ”ޖަބް ވީީ މެޓް”، ”އާރް ރާޖުކުމާރު” ފަދަ ފިލުމުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ