ހިޔާގެ ޓަވަރު 11 އަދި 12 އިން ކަރަންޓު ނުދެވި ހުރި ފުލެޓުތަކަށް މާދަމާ ކަރަންޓު ދެނީ

ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ޓަވަރުތަކުގެ ތެރެއިން 11 އަދި 12 ވަނަ ޓަވަރުގައި ކަރަންޓު ނުދެވި ހުރި ފުލެޓުތަކަށް މާދަމާ ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ލިފްޓު ތެރޭގައި ބަޔަކު ތާށިވެ ހިނގި ހާދިސާއަކާ ގުޅިގެން އެފަދަ ކަމެއް ތަކުރާރު ވެދާނެތީ، ލިފްޓުތައް ކޮމިޝަންކޮށް ނިމެންދެން ފުލެޓުތަކަށް ކަރަންޓު ދިނުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މެދުކަނޑާލާފައި އޮތުމަށްފަހު، މިދިޔަ ހޯމަ ދުވަހު އަލުން ވަނީ ކަރަންޓު ދޭން ފަށައިފަ އެވެ.
ސްޓެލްކޯ އިން ބުނީ، ހިޔާ 11 އަދި 12 ވަނަ ޓަވަރުގައި ކަރަންޓު ނުދެވި ހުރި ފުލެޓުތަކަށް މާދަމަ ކަަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އަދި ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އެ ދެޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އަންގާނެ ކަމަށާއި އަދި އެމީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާއި ފުލެޓުގެ ތަޅުދަނޑިއާ އެކު ޓަވަރުތަކަށް ދިއުމަކީ އެދުމެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ