ފެހެންދޫގެ އަލަށް އާބާދުވާ ސަރަހައްދަށް ފެނަކައިން ކަރަންޓު ދެނީ

ބ. ފެހެންދޫގައި އަލަށް އަބާދުވާ ސަރަހައްދަށް ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތައްޔާރު ވެއްޖެއެވެ.
ފެނަކައިން ބުނީ އަލަށް އާބާދުވާ ސަރަހައްދުގައި ހުރީ 11 ވަރަކަށް ގެ ކަމަށާއި، އެ މަޝްރޫއުގެ ދަށުން އެ ގެތަކަށް ކަރަންޓު ދޭނެ ކަމަށެވެ. އަދި އެ ރަށުގައި އަލަށް ހަދާ ބަނދަރު ސަރަހައްދަށްވެސް އެ މަޝްރޫއުގެ ދަށުން ކަރަންޓު ދިނުމަށް ހަމަޖެހިފައި ވެއެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށަން ތައްޔާރުވެފައި ވާނަމަވެސް، ފަށާނެ ސީދާ ތާރީހެއް އަދި ނޭގެއެވެ.
ފެނަކައަކީ ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ