ޝޯމީއިން ކަރަންޓް ކާރު ވިޔަފާރި ރެޖިސްޓަރީކޮށްފި

ޗައިނާގެ ސްމާޓްފޯން ކުންފުނި، ޝޯމީއިން ކަރަންޓް ކާރު އުފައްދަން އުޅޭ ކަމަށް ބުނެ ވާހަކަދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މިހާރު މިއޮތީ ވާހަކަތައް އަމަލުން ދައްކައި ކަރަންޓް ކާރު ވިޔަފާރި ރެޖިސްޓަރީކޮށްފަ އެވެ.
ޝޯމީއަކީ ސްމާޓް އިލެކްޓްރޯނިކްސްއަށް ފަރިތަ ކުންފުންޏެކެެވެ. މިއީ ކަރަންޓް ކާރު އުފެއްދޭނެ ކަމަށް އޮތް ހެއްކެކެވެ. ޝޯމީން ކަރަންޓް ކާރު ވިޔަފާރި ރެޖިސްޓަރީކޮށްފައި ވަނީ 1.5 ބިލިއަން ޑޮލަރުގެ ރައުސްމާލަކާއެކު އެވެ.
ޝޯމީން ބުނީ މިއީ ކުންފުންޏަށް ގިރާކުރެވުނު އުސް އޮޅިގަނޑެއް ކަމަށެވެ. ކަރަންޓް ކާރު އުފައްދަން ވިޔަފާރިއެއް ރެޖިސްޓަރީކުރެވުމަކީ ވެސް ބޮޑު ކާމިޔާބެއް ކަމަށެވެ.
ޝޯމީން ކަރަންޓް ކާރު އުފައްދާ ބްރޭންޑެއް އަދި އާންމެއް ނުވެ އެވެ. ކުންފުނީގެ އެހެން ގޮތްޕަކުން ކާރުއުފެއްދި ނަމަވެސް ސީދާ ޝޯމީގެ ނަމުން ނަންކިޔާނެ ކަމާ މެދު ޝައްކެވެ.
ކަރަންޓް ކާރު އުފެއްދުމަށްޓަކައި ޝޯމީން 300 މުވައްޒަފުން ވަނީ ތައްޔާރުކޮށްފަ އެވެ. އެހެން ނަމަވެސް އަމަލީ މަސައްކަތްތައް ގޮސްފައި ހުރި ހިސާބު އަދި އާންމެއް ނުކުރެ އެވެ.
އާންމުގެ މެދުގައި ޝޯމީ މަޝްހޫރުވެފައި ވަނީ ސްމާޓްފޯންގެ ސަބަބުންނެވެ. ޒަމާނީ ފޯނުތައް ނުބައްދަލު ހެޔޮ އަގުގައި ވިއްކާ ކުންފުންޏެއް ގޮތުގަ އެވެ. ޝޯމީން ބުނީ ކަރަންޓް ކާރު އުފެއްދުމަށް އަދި އިތުރު 10 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ