ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި ރޯވެއްޖެ

ތ. އަތޮޅު ރިސޯޓަކުން ފުރައިގެން ދަތުރު ކުރި ލޯންޗެއްގައި ރޯވެއްޖެއެވެ.
ފުލުހުންގެ ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ތ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރި ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެއީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.އެނގިފައިވާ ގޮތުގައި އެ ލޯންޗުގައި ރޯވީ ތ. ގުރައިދޫއާ ކައިރި ކުރަނިކޮށެވެ.އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ