މިހާރު އެންމެ ހިނގަނީ ބްލޮކް ހީލްސް

ޒަމާން ބަދަލުވެގެން އައިއިރު މީހުންގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން ލާން ގެންގުޅުނު ހެދުމުގެ އިތުރުން އަރާ ފައިވާނަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެކި ޓްރެންޑް ތަކުގައި އަރާ އުޅެނީ ތަފާތު ވައްތަރުގެ ފައިވާނަށެވެ. އެގޮތުން މިހާރު އެންމެ ހިނގަނީ ބްލޮކް ހީލްސްއެވެ. ރެޑް ކާޕެޓް ފަދަ ހާއްސަ ހަފްލާތަކުގައި މަޝްހޫރު މީހުން މިހާރު އެންމެ ގިނައިން ބޭނުންކުރަނީ ބްލޮކް ހީލްސްއެވެ.
Articl Inline Image
ބްލޮކް ހީލްސްގައިވެސް ވަރަށް ތަފާތު ވައްތަރުގެ ފައިވާންތައް ހުރެއެވެ. ތަންކޮޅެ ތިރިކޮން ހުންނަ ފައިވާނާއި އުސްކޮން ހުންނަ ފައިވާނެވެ. ގިނަ ފަހަރަށް އުސްކޮށް ހުންނަ ފައިވާން ޕާޓީ އަދި ހަފްލާތަކުގައި ބޭނުންކުރާއިރު ތިރިކޮށް ހުންނަ ފައިވާނަށް އާންމުކޮށް އަރާ އުޅެނީ ހަވީރު ފިންޏަށެވެ.
ބަލައިލަން ސިމްޕަލް އަދި ފަޔަށް ފަސޭހަވާނެ ހެން ހަދާފައިވާ ބްލޮކް ފައިވާން މިއީ މިހާރު ދިވެހިންގެ ތެރޭގައިވެސް ނަމްބަރ 1 އެވެ. މި ޒާތުގެ ފައިވާން އާދަކޮން ހަވީރު އަރަންވެސް ބޭނުންކުރެއެވެ. އަދި ޕާޓީ ފަދަ ހަފްލާތަކުގައިވެސް ހާއްސަކޮށް ބޭނުންކުރެއެވެ. އާންމުކޮށް އަހަރެމެންގެ ލައިފްސްޓައިލްއަށް ބޮޑެތި ބަދަލުތަކެއް އަންނަ އިރު ގެންގުޅޭ ސާމާނަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެގޮތުން ލާން ގެންގުޅޭ ހެދުމުގެ އިތުރުން ފައިވާން އަދި އަތްދަބަސް ފަދަ ތަކެއްޗަކީ މާ ގިނަ ދުވަސްވަންދެން ގެންގުޅެވޭ އެއްޗެއްސެއް ނޫނެއެވެ. ހާއްސަކޮށް އަންހެން ކުދިންނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ