މަންތާ އެއާއިން ކެބިން ކުރޫ އިން ތަމްރީނު ކުރަނީ !

ރާއްޖޭގެ އެތެރޭގެ އުދުހުން ތަކަށް އެންމެ ފަހުން ތައާރަފް ކުރި މަންތާ އެއާއިން ދިވެހި ކެބިން ކުރޫ އިން ޓްރެއިން ކުރުމުގެ ގޮތުން ފުރުސަތު ހުޅުވާލައިފިއެވެ.
ކޮންމެ ރަށަކުންވެސް ބައިވެރި ވުމުގެ ފުރުސަތު އޮތް މި ޓްރެއިން ޕްރޮގްރާމް ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށް މަންތާއިން ހާމަ ކުރެ އެވެ.
ފައުންޑޭޝަން ސްޓޭޖުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ 10 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޯހުގެ ފީއަކީ 4500ރުފިޔާއެވެ. މަންތާއިން ބުނީ ފީ  ދެ އިންސްޓޯލްމެންޓަކަށް ބަހާލައިގެންވެސް ދެއްކިދާނެ ކަމަށެވެ. އެގޮތަށް ދައްކާނަމަ ކޯހުގެ ފީއަކީ 5200ރުފިޔާއެވެ.
އެޕްލިކޭޝަން ލުމުގެ ސުންގަޑިއަކީ އޮކްޓޫބަރ 05 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޯހުގައި ބައިވެރިވުމަށް ތިރީގައިމިވާ ލިންކަށް ފިތާލުމުން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
https://forms.gle/EQcShdnAd2JvygXSA
މަންތާ އިން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަނީ އޭޓީއާރު މަރުކާގެ ތިން ބޯޓު ކަމަށް ވިޔަސް ކުރިމަގުގައި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށްވެސް އެ އެއާލައިންގެ ދަތުރުތައް ބާއްވާނެކަމަށް މައުލޫމާތުދެއެވެ.
މަންތާއެއާ އިން ރާއްޖޭގެ ތިން އެއާޕޯޓަކަށް ދަތުރު ކުރެއެވެ. އެއީ ދަރަވަންދޫގެ އިތުރުން ގއ.ކޫއްޑޫ އާއި ދ.ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ސަރަހައްދީ އެއާޕޯޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ