މި ސަރުކާރު ވެންޓިލޭޓަރަކަށް ލާން ޖެހޭ ވަރު ވެއްޖެ ކަމަށާއި ސަރުކާރުގެ ފުއްޕާމޭގައި ކޮރަޕްޝަން ހިފާފައި އެބަހުރި ކަމަށް ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރިން ކުރެއްވި އަދި ރައީސް ޞާލިހް ވެރިކަމަށް ގެންނަން ތާއިދު ކުރެއްވި ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި މިސަރުކާރު ވެންޓިލޭޓަރަށް ލާން ޖެހޭ ކަމަށް ވިދާޅުވިއިރު ފަހަކަށް އައިސް އޭނާ ގެންދަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ޑރ.ޝަހީދުގެ ޓްވީޓްގައި ވިދާޅުވީ މި ސަރުކާރުގައި މިހާރު ކޮރަޕްޝަން ހުރީ "ފުޅާކޮށް ފެތުރި އަދި ފުއްޕާމޭގައި ހިފާފައި" ކަމަށެވެ. "އަޅުގަނޑަށް ހީވަނީ މިސަރުކާރު ވެސް މިހާރު ދެން ވެންޓިލޭޓަރަކަށް ލާން ވެއްޖެހެން. ކޮރަޕްޝަން މިހާރު ހުރީ ވަރަށް ފުޅާކޮށް ފެތުރި އަދި ފުއްޕާ މޭގައި ހިފާފައި." ޑރ.ޝަހީދު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ވެންޓިލޭޓަރުތަކާއި އެހެނިހެން ސާމާނު ހޯދުމުގައި ކަންކަން ކުރިއަށް ގެންދިޔަ ގޮތް ބެއްލެވުމަށް ފަހު، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުން ބޮޑެތި އޮޅުވައިލުންތަކާއި މަކަރާއި ހީލަތުގެ ގިނަ ކަންތައްތަކެއް ވަނީ ފެންމަތިކޮށްފައެވެ.
ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި އެންމެ ބޮޑު ކަމަކީ ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި މަކަރާއި ހީލަތް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.
އެމައްސަލަތައް ބަލަން ރައީސް ޞާލިހް މިހާރު ވަނީ ފުލުހުންނާއި އޭސީސީ އަށް އަންގަވާފައެވެ.
ސަރުކާރު ވެންޓިލޭޓަރަކަށް ލާން ޖެހޭ، ކޮރަޕްޝަން ހުރީ ފުއްޕޭމޭގައި ހިފާފައި - ޑރ.ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ