ގާސިމް، ޒުވާނަކާ ކައިވެނި ބައްލަވައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އާ ކައިވެންޏެއް ބައްލައިވެގެންފިއެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ގާސިމް ކައިވެނި ބައްލަވައިގެންފައިވަނީ މިރޭ ސަން އައިލެންޑް ރިސޯޓުގައެވެ.
ގާސިމް ކައިވެނި ބައްލަވައިގެންފައިވަނީ އދ. މާމިގިލި، ހަޒާރުމާގެ، ރާނިއާ އަބްދުލް ހަމީދުއާ އެވެ. ރާނިއާއަކީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. އެ ދެ ބޭފުޅުންގެ ކައިވެނި ހަފުލާ އޮތީ ވެސް ސަން އައިލެންޑުގައެވެ.
30 ސެޕްޓެމްބަރު 2020، ސަން އައިލެންޑުގައި ބޭއްވި ގާސިމާއި ރާނިއާގެ ކައިވެނި ހަފުލާ --
30 ސެޕްޓެމްބަރު 2020، ގާސިމް އާ ކައިވެންޏެއް ބައްލައިވެގެންނެވުން --
ގާސިމް އާ ކައިވެންޏެއް ބައްލަވައިގެންފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވަރިކުރެއްވުމަށްފަހު ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުންދެއެވެ. ނަމަވެސް ގާސިމް، ނަހުލާ ވަރިކުރެއްވިކަން ކަށަވަރުވާ ގޮތް ވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ