އެޗްއީއޯސީ ގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ!

ސަރުކާރުގެ ފަރާތުން ކޮވިޑް-19 އާއި ގުޅޭގޮތުން މީޑިއާތައް މެދުވެރިކޮށް، އާއްމުންނަށް މައުލޫމާތު ދެއްވާ ތަރުޖަމާނަކަށް ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒްލާ ރަފީޤް ހަމަޖައްސަވައިފިއެވެ.
ޑރ. ނަޒްލާ އެމަގާމަށް ހަމަޖައްސަވާފައިވާކަން މިނިސްޓްރީ އޮފް ހެލްތާއި އިއުލާނު ކުރައްވާ ވިދާޅުވީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ ގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ހަމަޖައްސަވާފައިވާ ކަމަށެވެ.
މީގެ ކުރިން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެންއީއޯސީ ގެ ފަރާތުން ތަރުޖަމާނަކަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްްއަޒީޒް އެވެ. ނަމަވެސް މިހާރު އެންއީއޯސީ އުވާލާ، އެޗްއީއޯސީ އުފެއްދުމާއި ގުޅިގެން ދެން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވާނީ ޑރ. ނަޒްލާ އެވެ.
މިފުރުސަރުގަައި މަބްރޫކް ކޮށްދެއްވި އަގުހުރި މަސައްކަތައް ޝުކުރު އަދާކޮށް، ޑރ. ނަޒްލާ އަށް މަރުހަބާ ދަންނަވަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ