މިހާރު ކުރިމަތިވެގެން މިއުޅޭ މައްސަލަތަކުގެ ހަމައެކަނި ޙައްލަކީ ގޭންގްތައް ނައްތައިލުން ކަމަށާއީ ގޭންގުތައް ނުހުއްޓުވައި އަޅާ އެއްވެސް ފިޔަވަޅަކުން ދާއިމީ ޙައްލެއް ނުހޯދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ދެ ސްކޫލެއްގެ ދެ ދަރިވަރަކަށް ހަމަލާދިން މައްސަލައާ ގުޅިގެން ޢުމަރު ވިދާޅުވީ ގޭންގުތަކުގައި ކުޑަކުދިން ހަރަކާތްތެރިވާން ފެށުމުން ކިތަންމެ އާދައިގެ ކަމެއް ކުރިމަތިވި ނަމަވެސް މާރާމާރީ ހިންގުމުގެ ވިސްނުން އަންނާނެ ކަމަށެވެ.
ގޭންގްތައް އޮޕަރޭޓްކުރަން ފައިސާ ބޭނުންވާ ކަމަށާއި އަދި އެފައިސާ ހޯދަން ކުރާ ކަމަކީ ޑްރަގުގެ ވިޔަފާރި ކުރުން ކަމުން މިހުރިހާ ކަމެއް ވަނީ ގުޅިފައި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ސްކޫލްތަކުގެ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ބޭނުން ކުރަމުން އައި ޕޮލިސީއަށް އަނެއްކާވެސް އަމަލު ކުރަން ފެށުމުން އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ދޫކުރާ ކާޑަކުން މާރާމާރީގެ މައްސަލަތައް ހައްލުކުރެވޭނެ ނަމަ ރާއްޖޭގައި އެއްވެސް މާރާމާރީއެއް ނުހިނގާނެ ކަމަށެވެ.
އުމަރު މިހެން ވިދާޅުވެފައިވާ އިރު ހޯމް މިނިސްޓަރ ކަމުގައި އުމަރު ހުންނެވިއިރު ގޭންގުތަަށް ހުއްޓުވަން ޒުވާނުންގެ ފައިގައި ޓެގް އެޅުވުން ފިޔަވައި އިތުރު ކަމެއް ކުރެވިފައި ނުވާތީ އުމަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރިއެކޭ އެއްގޮތަށް ފިޔަވަޅުތައް އަޅައި، ކާޑުތައް ހިފައިގެން ކުދިން ބަލާ ދިޔުމަށް އެޑިއުކޭޝަނުން އަންގާފައި މިވަނީ ތާޖުއްދީން ސްކޫލުގެ ދަރިވަރަކަށާއި ދަރުމަވަންތަ ސްކޫލުގެ ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނިކޮށެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މިއަދު މާރާމާރީ ފަދަ ކަންކަމަކީ އެޑިޔުކޭޝަން މިނިސްޓްރީން ވެސް ހުއްޓުވަން ބޭނުންވާ ކަންކަމަށް ވާއިރު، މީގެ ކުރިންވެސް މިފަދަ ކަންކަން ހިނގައިގެން ރައްކާތެރި ފިޔަޅެއްގެ ގޮތުގައި ހާއްސަ ޕޮލިސީއަކަށް ފޮލޯ ކުރަމުން ދިޔަ ކަމަށެވެ.
ގޭންގުތައް ނައްތައިލައިގެން ނޫނީ ދާއިމީ ޙައްލެއް ނުހޯދޭނެ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ