ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގާނޫނީ ހުކޫމަތު ތަންފީޒު ކުރައްވާ ކަމަށް ދިވެހި ރައްޔިތުން ގަބޫލު ނުކުރައްވާ: ޝިފާޒު

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގާނޫނީ ހުކޫމަތު ތަންފީޒު ކުރައްވާ ކަމަށް ދިވެހި ރައްޔިތުން ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ، މި ސަރުކާރުން ގާނޫނުތައް މުގުރާ، ގާނޫނުތައް އެއްފަރާތްކޮށް، ދިވެހި ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރި ވެރިކަމެއް ކުރަމުންދާ ކަމަށެވެ.
 ޝިފާޒު ވިދާޅުވީ، ދިވެހި ފުލުހުންގެ މަސްއޫލިއްޔަތައް ވާންވާނީ ވަކި މީހެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައްކާތެރިކަން ދިނުން ކަމަށެވެ.
"އެތައް ރައްޔިތުންނަކަށް އެތައް އަނިޔާއެއްދެމުންދަނީ. އެހެން ނަމަވެސް އެއްވެސް ރައްޔިތެއް ގަބޫލެއް ނުކުރޭ، މި މީހުން ހައްޔަރުކޮށްފައި ވަނީ އިންސާފައި ހަމައިން ކަމަށް. ގާނޫނީ ހުކޫމަތު ނަގަހައްޓަން ދިވެހި ފުލުހުންނަށް ރައީސް އަބްދުﷲ ޔާމީން ބޭނުންވާ ކަމުގައި ވަނީ ނަމަ 01 ފެބްރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރައްވާ،" ޝިފާޒު ވިދާޅުވިއެވެ.
 ޝިފާޒު ވިދާޅުވީ، ގާނޫނު ނަގަހައްޓާ ތަންފީޒު ކުރައްވާ ބޭފުޅެއް ނަމަ އެކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވަންޖެހޭ ކަމަށާއި ގާނޫނާ ހިލާފަށް ކުރައްވާ ކަންކަން ފާހަގަކޮށް އެވާހަކަތައް ދެއްކުމުގައި އަބަދުވެސް ތިބޭނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އިންސާފު ގާއިމް ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ