މިދިޔަ އަހަރުގެ ސެޕްޓެމްބަރ 10 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން އަލްއުސްތާޛް އަބްދުﷲ ހަސީންގެ ސަސްޕެންޝަން އުވާލައިފިއެވެ.
ޑީޖޭއޭ އިން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ 10 ސެޕްޓެމްބަރ އިން ފެށިގެން ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވުނު ޤާނޫނީ ވަކީލުންގެ ތެރެއިން އަބްދުﷲ ހަސީންގެ މައްސަލަ ބެލުމަށް ފަހު ޤާނީނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސް މިއަދުން ފެށިގެން ދިވެހިރާއްޖޭގައި ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ދީފައިވާކަން އިއުލާން ކުރާ ކަމަށެވެ.
ސެޕްޓެމްބަރ 10 ވަނަ ދުވަހު 54 ވަކީލަކު ޑީޖޭއޭ އިން ސަސްޕެންޑް ކުރިއެވެ. ނަމަވެސް ވަރަށް މަދު ވަކީލެއް ފިޔަވައި އެހެން ހުރިހާ ވަކީލުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ.
ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރީ ޤާނޫނުއަސާސީ އާއި ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދާއި، ޤާނޫނީ ވަކީލުންގެ އިޤުރާރާއި، އަދި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި، ކޯޓުތަކުގެ ޤާނޫނާއި، ސުޕްރީމް ކޯޓުގެ ޤަވާޢިދާ ޚިލާފަށް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއިބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދާތީ ކަމަށް ޑީޖޭއޭ އިން ކުރިން ވަނީ ވިދާޅުވެފައެވެ.
ޤާނޫނީ ވަކީލް އަބްދުﷲ ހަސީންގެ ސަސްޕެންޝަން އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ