އުމަރު ނަސީރު ޖޭޕީއަށް ސޮއި ކުރައްވަނީ

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަސް ސޮއި ކުރައްވަން ނިންމަވައިފިއެވެ.
ވިއެފްޕީން މިއަދު ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ޖޭޕީއަށް ސޮއި ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ޖޭޕީއަށް ސޮއި މިކުރަނީ 2018 ގެ އިންތިހާބަށް ޖުމްހޫރީ ޕާޓީ ތައްޔާރު ކުރުމުގެ ގޮތުން،" އުމަު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޖޭޕީއަށް ސޮއި ކުރެއްވި ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވި ނިންމުމަށް ބަދަލު ނުގެންނަވާ ކަމަށެވެ.
"2018ގެ އިންތިހާބުގައި ގާސިމް އިބްރާހީމް ވާދަ ކުރައްވާ ނަމަ އަޅުގަނޑު ނަން ނަގާނަން. އެހެން ނޫނީ އަޅުގަނޑު ކުރިމަތިލާނަން،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ