އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރައްވައިފި
ރައީސް އަބްދުﷲ ޔާމީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަންކުރައްވައިފިއެވެ.މި މަޤާމަށް އަހުމަދު ނަސީރު އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް ނަސީރު ޢައްޔަން ކުރެއްވުމަށް ރުހުން ދީފައިވަނީ މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ނަސީރު އެމަގާމަށް އަޔަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ 33 މެންބަރަކު ވޯޓްދެއްވާފައިވެއެވެ. ނަސީރުއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދުވަސްވަރު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ގިނަ ދުވަސްތަކެއް ވަންދެން ނަސީރު މަސައްކަތް ކުރައްވާފައި ވެއެވެ.އެމްއެމްއޭގެ ގަވަރުނަރުކަމަށް ނަސީރު އައްޔަންކުރެއްވީ އެމަގާމުގައި ކުރިން ހުންނެވި ޑރ. އަޒީމާ އަދާމް ގަވަރުނަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ