ރާއްޖޭގެ މުރަކަ ފަރުތައް ހަލާކުކޮށްލުމަކީ އަލިފާނާ ކުޅުން ކަހަލަ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މުރަކަ ފަރުތަކަކީ ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިއުމަތްތަކެއް ކަމަށެވެ. ތިމާވެށީގެ މައްސަލަތަކުން އެ ފަރުތައް އަޅުގަނޑުމެން ސަލާމަތް ކޮށްދޭ ކަަމަށާއި އެހެންކަމުން އެފަރުތައް ހަލާކުކޮށްގެން ނުވާނެ ކަަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ މުރަކަ ފަރުތައް ހަލާކުކޮށްލައިގެން ގެންނަ ތަރައްގީއަކީ އެއީ އެއްގޮތަކަށް ވެސް ތަރައްގީ ނޫން ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމަކީ އަލިފާން ކުޅުން ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގެ މުރަކަ ފަރުތައް ހަލާކުކޮށްލުމަކީ އަލިފާނާ ކުޅުން ކަހަލަ ކަމެއް ކަމަށް ވިދާޅުވީ ކޮން މައްސަލައެއްގެ ސަބަބުން ކަމެއް ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައެއް ނުވެ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރު ފަޅުތަކެއް ހިންގައިގެން އެތަންތަނުގައި އިގްތިސޯދީ މަސައްކަތްތަކެއް ކޮށްގެން ދައުލަތަށް އާމްދަނީ ހޯދުމަށް ހިމަނާފައިވެ އެވެ. ފާޑު ވިދާޅުވުމުގެ ރައީސް މައުމޫން ޓްވީޓް ކުރެއްވީ މިމައްސަލާގައި ކަމަށް ބެލެވެ އެވެ.
ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެރަށުން ކުޅިން ބައެއް ހިއްކާތީ އެމައްސަލާގައި ވެސް މީގެ ކުރިން ރައީސް މައުމޫން ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ޓްވީޓް ކުރައްވާފަ އެވެ.
މުރަކަ ފަރުތައް ހަލާކުކޮށްލުމަކީ އަލިފާނާ ކުޅުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ