ގައުމުގެ ހަލަތާ މެދު ވިސްނުމަށް މައުމޫން އިލްތިމާސް ކުރައްވައިފި

ގައުމީ ދުވަހާ ދިވެހިން ކުރިމަތިލިއިރު ގައުމުގެ ހާލަތު އޮތް ގޮތާ މެދު ވިސްނާ ފިކުރުކުރަން އެބަޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކުރާތަ 74 އަހަރު މިއަދު ފުރުމުގެ މުނާސަބަތުގައި ރައީސް މައުމޫން ފޮނުއްވެވި މެސެޖުގައި ވިދާޅުވީ ގައުމީ ދުވަސް ދިވެހިންނާ ބައްދަލުކުރިއިރު މިއަދު މިދިވެހި ގައުމުގެ ހާލަތާ މެދު ހުރިހާ ދިވެހިންވެސް ވިސްނާ ފިކުރު ކުރަންޖެހިފައިވާ ކަމަށެވެ.
މައުމޫންގެ މެސެޖުގައި ވިދާޅުވީ ފަހުރުވެރި ގައުމީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށާ، އަދި މި ދިވެހި ވަތަން މިނިވަންކަންމަތީ އަބަދުމެ އޮތުމަށް ދުއާ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މިވަގުތު ޖަލުގައި ހުންނެވި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫން ގައުމީ ދުވަހާ ގުޅިގެން ފޮނުއްވެވި މެސެޖުގައި ވިދާޅުވެފައިވަނީ މިއަދަކީ ގައުމާއިމެދު ވިސްނާ ގައުމު އިސްލާހު ކުރަން އަޒުމް އާކުރަންވީ ދުވަސް ކަމަށެވެ. ގައުމީ ދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށްވެސް ފަރިސްގެ މެސެޖުގައިވެ އެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ޣާޒީ ބަންޑާރައިން، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ