މިނިވަންކަން ދެމެހެއްޓުމުގެ ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރ.މަޑުއްވަރީގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން, ރައީސް މައުމޫނުގެ ވެރިކަމުގައި މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކން ކުރެއްވި ކަމާލުއްދީން ވިދާޅުވެފައިވަނީ ލިބެމުންމިދާ މިނިވަންކަމުގެ ތެރެއިން ރައްޔިތުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި އެ މިނިވަންކަން ހިފެހެއްޓުމަކީ ރައްޔިތުންގެ ވާޖިބެއް ކަމަށެވެ. ހަމައެހެންމެ މިނިވަންކަން ދެމެހެއްޓުމުގެ ބާރު އޮންނާނީ އަބަދުވެސް ރައްޔިތުންގެ އަތްމަތީގައި ކަމަށާއި ބޭނުންހާ ގޮތަކަށް ކަންކަން ވިޔަ ނުދިނުމަށް ކަމާލުއްދީން ވަނީ ގޮވާލައްވާފައެވެ.
އޭނާ ވިދާޅުވީ ކުރިޔަށް އޮތީ އިންތިހާބުތަކެއް ކަމަށާއި އެ އިންތިހާބުތަކުގައި ގޮތް ނިންމުމުގެ ހުރިހާ ބާރެއް ވެސް އޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ. ހެވާ ނުބަޔާއި ބޭއިންސާފާއި އިންސާފު ރަނގަޅަށް އެނގިތިބެގެން، ވަމުންދާ ކަންތަށްތަކާމެދު ވިސްނުމަށް ފަހު ވޯޓު ދެއްވުމަށް ކަމާލުއްދީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކަމާލުއްދީން ވިދާޅުވެފައިވަނީ ދިވެހިން ފަހުރުވެރިވާ ފަދަ ގާނޫނު އަސާސީއެއް 2008 ވަނަ އަހަރު ދިވެހިންނަށް ލިބުނު ކަމަށާއި އެހެނަސް މިހާރު އެ ގާނޫނު އަސާސީ ގަޑުބަޑުކޮށް އެއާ އެއްގޮތަށް އަމަލު ކުރެވެމުން ނުދާ ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މިނިވަންކަން ދެމެހެއްޓުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި: އަބްދުﷲ ކަމާލުއްދީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ